މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ މޫސުމާއިބެހޭ ގައުމީ އިދާރާއިން ނުވަ އަތޮޅަކަށް ރީނދޫ ސަމާލު އަދި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
https://twitter.com/MetMaldives/status/1261085845806817280
ރީނދޫ ސަމާލުގައި ބުނެފައިވަނީ އާއްމުވައި ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދު ހުރުން އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. މި ސަމާލު ނެރެފައިވަނީ ފަތިހު 5:00 އިން ހެނދުނު 08:00 އާއި ދެމެދުގެ ވަގުތަށެވެ.
ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮޑް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. ހުދު ސަމާލު ނެރެފައިވަނީ ފަތިހު 05:30 އިން ހެނދުނު 11:30 އަށެވެ.
https://twitter.com/MetMaldives/status/1261086961122586629
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް