ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސިނާމާލޭ ބްރިޖު ވަކި ވަގުތެއްގައި ބަންދު ކުރަން ނިންމައިފި އެވެ.
މާލޭ ލޮކްޑައުންގައިވާ މުއްދަތުގައި އެންއީއޯސީ އާއި ފުލުހުން ހުއްދަ ދީފައިވާ ފަރާތްތަކަށް ބްރިޖު ހުރަސް ކުރުމުގެ ހުއްދަ އޮވެ އެވެ.
ފުލުހުން ބުނީ މިއަދުން ފެށިގެން ދަންވަރު1:00 ން ހެނދުނު9:00 އަށް ސިނަމާލޭ ބްރިޖު ބަންދުވާނެ ކަމަށެވެ. އެގޮތަށް އަމަލު ކުރާނީ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާ މިމަހުގެ28 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ގޮތަށް ނިންމީ ގިނަ މީހުން މަގުމައްޗަށް ނުކުމެ އުޅުން ކޮންޓްރޯލްކޮށް، ވައިރަސްގެ ސާޖަކަށް ދިއުމުގެ ފުރުސަތު ފުރުސަތު ކުޑަކުރުމަށް ކަމަށް ފުލުހުން ބުނެ އެވެ. ބްރިޖު ބަންދުކޮށްފައި އޮންނަ ވަގުތުގައި ބްރިޖު ހުރަސް ކުރުމުގެ ހުއްދަ ދެވޭނީ ފުލުހުންނާއި ސިފައިންގެ އިތުރުން ކޮންމެހެން އަސާސީ ހިދުމަތެއް ފޯރުކޮށްދޭން ޖެހޭ މީހުންނަށެވެ.
ރާއްޖެއިން ވައިރަހަށް ޕޮސިޓިވްވެފައިވާާ މީހުންގެ އަދަދު982 އަށް އަރާފައިވާއިރު ކުރިޔަށް އޮތް ދެ ހަފްތާއަކީ ވައިރަސްއަށް ގިނަ ބަޔަކު ޕޮސިޓިވްވާނެ ދުވަސްކޮޅެއް ކަމަށް ސިއްހީ މާހިރުން ލަފާ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް