ޓުއަރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ވަނީ ހެކް ކޮށްފައި ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ދެންމެ ކުރި ޓްވީޓެއްގައެވެ.
ފުލުހުން މިހެން ބުނެފައިވާއިރު މިދިޔަ ބުދަ ދުވަހުގެ ރޭ އެ ކައުންޓްނުން ބޭއަދަބީ ޓްވީޓެއް ކޮށްފައިވެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޓްވީޓް ޑިލީޓްކޮށްފައިވެއެވެ.
ޓްވިޓާ އެކައުންޓްގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު ބެލެވޭގޮތުގައި އެ މިނިސްޓްރީގެ ފޭސްބުކް އެކައުންޓްވެސް ވަނީ ހެކްކޮށްފައެވެ.
މިހާރު އެ ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޯވިޑް-19ގެ މި ހާލަތުގައި ލިބޭ ފައިސާއަކީ އެކަނި ކާން ލިބޭ ފައިސާ ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ލިބޭ އެހީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް