ފަސްޓްލޭޑީ ފަޒްނާ ކޯވިޑަށް ޕޮޒިޓިވް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ރައީސް އޮފީހުން ބުނީ އެކަމަނާ ޕޮސިޓިވްވުމާއި ގުޅިގެން ރައީސްއާއި ފަސްޓް ލޭޑީ ފަޒްނާގެ ދެބޭފުޅުންގެ އިތުރުން ރ...

15 Apr 2021 | 14:55

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރައީސް އޮފީހުން ބުނީ އެކަމަނާ ޕޮސިޓިވްވުމާއި ގުޅިގެން ރައީސްއާއި ފަސްޓް ލޭޑީ ފަޒްނާގެ ދެބޭފުޅުންގެ އިތުރުން ރައީސް ސޯލިހު ކޯވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ.

އެކަމަކު އެ ތިން ބޭފުޅުންގެ ނަތީޖާ ނެގެޓިވް ކަމަށް ބުނެ އެވެ

މެޑަމް ފަޒްނާ ކޯވިޑަށް ޕޮސިޓިވްވުމުން މިހާރު ހުންނެވީ ޢާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޯވިޑަށް ޕޮޒިޓިވްވި ކަމުގައިވިޔަސް ޙާލުކޮޅު ރަނގަޅު ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ފަސްޓް ލޭޑީ ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވިއިރު، އެ ކަމަނާގެ ކޮއްކޯފުޅުގެ ފިރިކަލުން އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް