ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ސީޕީ ހަމީދަށް ކޯވިޑް ޖެހިފައި މިވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހިފަހުން ނެވެ. އޭނާ ވެކްސިންގެ ދެވަނަ ޑޯޒު ޖެއްސެވީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.
ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް ޖެހިގެން މި ވަގުތު ހޯމް އައިސޮލޭޝަންގައި ހުންނެވުމުން ފުލުހުންގެ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރި ވަޑައިގަންނަވަނީ އޮންލައިންކޮށް ކަމަށަވެ.
ސީޕީ ވަނީ ބޯޑުގައި ހިމެނޭ ހަތް މެންބަރުންނަށް މަރުހަބާ ވިދާޅުވެފައިވެ އެވެ. އަދި ފުލުހުން ޒިންމާދާރުކޮށް މަސައްކަތްކުރުމަށްޓަކައި އެ ބޯޑަކީ 'ކްރިޓަކަލް ޕާޓްނަރެއް'ގެ ގޮތުގައި ބަލައިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އެކަމަކު އޭނާ ކޯވިޑަށް ޕޮސިޓިވްވީ ކޮން ދުވަހަކުކަމެއް ނޭނގެ އެވެ.
https://twitter.com/M_Hameedh/status/1382631095183675400
މިދިޔަ އަހަރު ފަހުކޮޅު އެމްއެންޑީއެފް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް