"ރިއަލް ލައިފް ރެޕަންޒިލް" އިސްތަށިގަނޑު ބުރިކޮށްލައި، ދުނިޔޭގެ ރެކޯޑު ދޫކޮށްލައިފި

ފުރާވަރު އުމުރުގެ އެންމެ އިސްތަށިގަނޑު ދިގު ކުއްޖާގެ ދުނިޔޭގެ ރެކޯޑު އޮތް އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ ނިލަންޝީ ޕަޓޭލްގެ ދިގު އިސްތަށިގަނޑު ބުރިކޮށްލައިފިި އެވެ. މިހާރު އުމުރުން 18 އަހަރުގެ ނިލަން...

15 Apr 2021 | 14:05

ފުރާވަރު އުމުރުގެ އެންމެ އިސްތަށިގަނޑު ދިގު ކުއްޖާގެ ދުނިޔޭގެ ރެކޯޑު އޮތް އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ ނިލަންޝީ ޕަޓޭލްގެ ދިގު އިސްތަށިގަނޑު ބުރިކޮށްލައިފިި އެވެ.

މިހާރު އުމުރުން 18 އަހަރުގެ ނިލަންޝީ އުމުރުން ހަ އަހަރުން ފެށިގެން އިސްތަށިގަނޑު އެއްގޮތަކަށްވެސް ކޮށާފައި ނުވާއިރު ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ފުރަތަމަ ޖާގަ ހޯދީ 2018 ވަނަ އަހަރު އެވެ. މިހާތަނަށް އެ ރެކޯޑު ނިލަންޝާ ދަމަހައްޓަމުން އައި އިރު މިދިޔަ މަހުގެ ތެރޭގައި އޭނާ ވަނީ ތިން ވަނަ ފަހަރު ފުރާވަރު އުމުރުގެ ކުދިންގެ ތެރެއިން އެންމެ ދިގު އިސްތަށިގަނޑު އޮތް ކުއްޖާގެ ރެކޯޑު ހޯދާފައި އެވެ.

އެންމެ ފަހުން 18 ވަނަ އުފަންދުވަހު ބެލިއިރު ނިލަންޝީގެ އިސްތަށިގަނޑުގެ ދިގުމިނުގައި ހުރީ 200 ސެންޓިމީޓަރެވެ. ރެކޯޑު ދޫކޮށްލައި އިސްތަށިގަނޑު ބުރިކޮށްލަން ނިންމީ އަމިއްލަ ނިންމުމެއްގެ ގޮތުގައި އެވެ.

އަމިއްލައަށް ސިފަ ކުރާގޮތުގައި އިސްތަށިގަނޑަކީ ނިލަންޝީގެ ނަސީބެވެ. ނިލަންޝީ ބުނިގޮޮތުގައި އަމިއްލަ އިސްތަށިގަނޑު އޭނާއަށް އެތައް އެއްޗެއް ހޯދައި ދިނުމުގެ އިތުރުން މުޅި ދުނިޔޭގައި އޭނާ "ރިއަލް ލައިފް ރެޕަންޒިލް" ގެ ނަމުން މަޝްހޫރު ކޮށްދީފައިވާ ކަމަށެވެ.

ނިލަންޝީ އިސްތަށިިގަނޑު ބުރިކޮށްލުމުން ހުރި ގޮތާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ބުނެފައިވެ އެވެ. އޭނާ ވަނީ ކަނދުރާ އާއި ހިސާބަށް ދިގު އިސްތަށިގަނޑު ބުރިކޮށްލާފައި އެވެ.

ނިލަންޝީގެ ދިގު އިސްތަށިގަނޑު ބުރިކޮށްލުމުން އެންމެ ހިތާމަ ކުރީ މަންމަ އެވެ. އޭނާ މަންމަ ބުނީ އިސްތަށިގަނޑު ބުރިކޮށްލުމުން ހަފްތާއަކު ދެފަހަރު ބޯދޮވެދީ ކޮންމެ ދުވަހަކު ފުނާއަޅުވައިދޭން ނުޖެހޭނެތީ ވަރަށް ދެރަވާ ކަމަށެވެ.

އާއިލާއިން ނިންމާފައިވަނީ ނިލަންޝީގެ އިސްތަށިގަނޑު ދާރުލް އާސާރަކަށް ހަދިޔާ ކުރާށެވެ. އޭގެ ބޭނުމަކީ އެހެން މީހުންނަށް ނިލަންޝާގެ ރެކޯޑުގެ ވާހަކަ ކިޔައިދޭށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް