މަގުތަކަށް ޖަމާކޮށްފައި ވަނީ ހިދުމަތަށް ނުފެތޭ، ބަރު، ބޮޑެތި ކުނި: ވެމްކޯ

މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައިވާ ކުންޏަކީ ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ ބަރު އަދި ބޮޑެތި ކުނި ކަމަށް ވެމްކޯ އިން ބުނެފި އެވެ. މާލޭގެ އެކި މަގުތަކުގައި ޖަމާކޮށ...

15 Apr 2021 | 08:38

މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައިވާ ކުންޏަކީ ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ ބަރު އަދި ބޮޑެތި ކުނި ކަމަށް ވެމްކޯ އިން ބުނެފި އެވެ.

މާލޭގެ އެކި މަގުތަކުގައި ޖަމާކޮށްފައިވާ ކުނިތަކުގެ މައްސަލަ ބޮޑުވެފައިވަނިކޮށް ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހޯމަ އާއި އަންގާރަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލަތަކެއް ލިބިފައިވާ ކަމަށެވެ. އެއީ ވެމްކޯ އިން ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ ކުނި ކަމަށް ބަޔާނުގައިވެ އެވެ.

އެކޯޕަރޭޝަނުން މާލޭގެ ގޭބިސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ، މާލޭގައި މިވަގުތު އޮތް ކޯވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑް އާއި ގުޅިގެން، ހިދުމަތް ހޯދާ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ބެލުމަށްފަހުގަކަމަށް ބުނެފަވެ އެވެ. އެކަމަކު އެ ހާއްސަ އުސޫލުގެ ނާޖައިޒް ފައިދާ ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތަކުންނާއި ގޭބިސީތަކުން ނަގަމުންދާކަން އެކޯޕަރޭޝަނަށް ފާހަގަކުރެވިފަވާ ކަމަށް ބުނެ އެވެ.

އަދި އެފަދަ އަމަލަކީ އެކޯޕަރޭޝަނުން ވަރަށް ކަންބޮޑުވާ، އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށެއެެވެ.

ވެމްކޯއިން ބުނީ އެކުންފުނީގެ ހިދުމަތް ބޭނުންނަމަ އުސޫލާއި އެއްގޮތަށް ރަޖިސްޓްރީވެ، ފައިސާ ދައްކަމުން ދިޔުމަށް އެދޭ ކަމަށެވެ. އަދި ހިދުމަތް ހޯއްދަވާ ފަރާތްތަކުން ބަރާބަރަަށް ފީދެއްކުމަށް އެދިފައިވެ އެވެ.

ބަރު އަދި ބޮޑެތި ކުނި އުކާލުމަށް ވެމްކޯއިން ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އަގުހެޔޮ ޕިކަޕް ޙިދުމަތް "ކެޕްސް"ގެ ހިދުމަތަށް އެދުމަށް ބަޔާނުގައި އެދިފައިވެ އެވެ. އެ ކުންފުނިން ބުނީ ކެޕްސްގެ ހިދުމަތް ހަފްތާގެ ކޮންމެ ދުވަހަކު ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް