އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގަ ބަޔަކު ހައްޔަރުކޮށްފި

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުން ދިން މައްސަަލައިގަ ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ، އެމްޑީޕީގެ އޮފީހަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހ...

15 Apr 2021 | 07:29

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުން ދިން މައްސަަލައިގަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެމްޑީޕީގެ އޮފީހަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނަކު ހަައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ އިއްޔެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރު، 24 އަހަރު އަދި 36 އަހަރުގެ މީހުންނެވެ. މި އެންމެންނަކީ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފީ މިދިޔަ އަންގާރަދުވަހު އެވެ. އެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލީ އެދުވަހުގެ މެންދުރުން ފެށިގެން އިންތިހާބުގެ ވޯޓު ފޮށިތަކެއް ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އިދިކޮޅާއި އެމްޑީޕީ އާއި ދެމެދު އިންތިހާބާއި ބެހޭ މަރުކަޒުު ކައިރީގައި ހަމަނުޖެހުން ހިންގާފަ ވަނިކޮށެވެ.

އެދުވަހުގެ ހަމަނުޖެހުންތައް އިތުރަށް ހޫނުވީ އިދިކޮޅުން އަޑުގަދަ ކުރަމުން ދަނިކޮށް އެމްޑީޕީގެ ރައީސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބާއި ބެހޭ މައި މަރުކަޒަށް ވަޑައިގެން ނެވުމުންނެވެ.

ނަޝީދު ވިދާޅުވީ އެމަނިފާނު އެތަނަށް ވަޑައިގެންނެވީ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ސަރަހައްދުން ފޮނުވާލުމަށް ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް