ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ޔޫއޭއީގެ ދުބާއީގައި ސަލާންޖަހަން އުޅުނު 12 މީހުން ހައްޔަރުކޮށްފިއެވެ.
ދުބާއީ ޕޮލިސްގެ ޑިޕާޓްމަންޓް އޮފް އިންފިލްޓްރޭޓާސް ގެ ޑިރެކްޓަރު ކޮލޯނިއަލް އަލީ ސަލީމް ބުނެފައިވާ ގޮތުގައި، ސަލާންޖަހާ މީހުން މަދު ކުރުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕޭންގެ ދަށުން، ސެކިއުރިޓީ ޕްލޭން އެއް އޮންނާނެ ކަމަށެވެ.
އެއީ ޤަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ހުއްޓުވުމަށާއި، ރައްޔިތުންނަށް ސަލާމަތްތެރި މާހައުލެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ސަލީމް ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައި ވަނީ، ސަލާންޖަހާ މީހުން ތިބެދާނެ ފަދަ ތަންތަން ބެލުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
ސަލާންޖަހަން ތިބޭ މީހުންނަށް އެއްޗެހި ނުދިނުމަށް އޭނާ ގޮވާލާފައިވެ އެވެ. އަދި އޭގެ ބަދަލުގައި ހުއްދަ ދެވިފައިވާ އެހީ ޖަމިއްޔާތަކަށް ހޭދަކުރުމަށް ސަލީމް ވަނީ އެ ގައުމުގެ ރައްޔިތުން އިލްތިމާސް ކޮށްފަ އެވެ.
އެގޮތަށް ސަލާންޖަހަން ތިބޭނަމަ، ދުބާއީގެ ޕޮލިސް އެޕްގެ ހިލޭ ގުޅޭ ނަންބަރަށް އެކަން ރިޕޯޓް ކުރުމަށް އޮންނަނީ އަންގާފައެވެ.
ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ދުބާއީގައި ސަލާންޖެހި 842 މީހަކު ފުލުހުން ހައްޔަރުކޮށްފަ ވެއެވެ.
އޭގެތެރޭގައިި ގިނައީ އަރަބިންނެވެ.
ދުބާއީ މަގުތަކުގައި ސަލާން ޖަހާ ވަރަށް ޕްރޮފެޝަނަލް މީހުން އުޅެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމީހުން ކާޑު މެޝިން ފަދަ ތަކެތި ބޭނުން ކުރާއިރު އެގޮތަށް ސަލާންޖަހާ މީހުންނަށް އާންމު މީހަކަށް މަހު މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީއަށްވުރެ ގިނަ ފައިސާ ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް