ޓައިގާ ކުރިމަތީގައި އޭނާގެ ފިޓްނަސް ޓްރެއިނަރަކީ އެއްވެސް މީހަކަށް ނުވި

ބޮލީވުޑްގެ މަޝްހޫރު ބަތަލް ޓައިގާ ޝްރޮފްގެ ފިޓްނަސް ޓްރެއިނަރު ނަދީމް އަހްތަރަަކީ އޭނާ ކުރިމަތީގައި އެއްވެސް މީހަކަށް ނުވި އެވެ. ފިޓްނަސްއަށް އިސްކަންދީ، ހަށިގަނޑު ވަރުގަދަކޮށް، އަބަދުވެސް އޭނާގެ ހަށި...

15 Apr 2021 | 06:57

ބޮލީވުޑްގެ މަޝްހޫރު ބަތަލް ޓައިގާ ޝްރޮފްގެ ފިޓްނަސް ޓްރެއިނަރު ނަދީމް އަހްތަރަަކީ އޭނާ ކުރިމަތީގައި އެއްވެސް މީހަކަށް ނުވި އެވެ.

ފިޓްނަސްއަށް އިސްކަންދީ، ހަށިގަނޑު ވަރުގަދަކޮށް، އަބަދުވެސް އޭނާގެ ހަށިގަނޑު އާންމުންނަށް ދައްކަން ސަމާލުކަން ދޭ ޓައިގާ އަކީ ފިރިހެން ވަންތަ ހަށިގަނޑެއް ބެހެއްޓުމަށް ބުރަ މަސައްކަތެއް ކުރާ މީހެކެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމު ކުރާ ވީޑިއޯ އާއި ފޮޓޯތަކުން އޭނާގެ ބުރަ މަސައްކަތް ފެނެ އެވެ.

މިފަހަރު އާންމު ކުރި ވީޑިއޯގައި ފެންނަނީ އޭނާގެ ފިޓްނަސް ޓްރެއިނަރު ނަދީމް އާއި ދެމީހުންގެ ގަދަ ހިފުމެކެވެ. ޕަންޗިން ބޭގެއްގައި ތަޅާތަން ފެންނަ މި ވީޑިއޯގައި ޓައިގާ ދުވެފައި ގޮސް ބޭގުގައި ޖަހާލާ ކޮންމެ ފަހަރު އެނބުރިލާފައިދަނީ އޭނާގެ ވަރުގަދަކަން ދައްކާލުމަށް ފަހު އެވެ.

އެކަމަކު ނަދީމް ޕަންޗިން ބޭގް ގައި ޖަހާލާފައި އެނބުރެން އުޅެނިކޮށް ބިންމަންޗައް ވެއްޓެ އެވެ. މި ވީޑިއޯ އާންމުކޮށް ހިނިގަނޑެއް ޖަހާލުމަށް ފަހު ބުނެފައިވަނީ ޓައިގާގެ ޓެރެއިނަރަކީ އޭނާގެ ޓްރެއިނަރެއް ވައްތަރު ނުޖަހާ ވަގުތު އަންނަ ކަމަށެވެ.

https://www.instagram.com/p/CNpAkQEH7vJ/?utm_source=ig_embed

ފިޓްނަސްއަށް ލޯބި ކުރުމުގެ އިތުރުން ޓައިގާ އެންމެ ކުޅޭ ހިތްވާ އަދި އެންމެ ޝައުގުވެރިވާ ކުޅީވަރަކީ ފުޓުބޯޅަ އެވެ.

ޓައިގާ މިހާރު އަވަދިނެތި އުޅެމުންދަނީ ދެން އެންމެ އަަވަހަށް ރިލީޒް ކުރާ އޭނާގެ ފިލްމު "ހީރޯޕަންތީ 2" ގެ މަސައްކަތުގައި އެވެ. އަހުމަދު ހާން ޑައިރެކްޓު ކުރާ އެ ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް މިދިޔަ ހަފްތާގައި ވަނީ ނިންމާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް