ބީއެމްއެލް އިން ކުޅުދުއްފުށީގައި އޭޓީއެމް ސެންޓަރ އަޕްގްރޭޑްކޮށް ހިދުމަތްދޭން ފަށައިފި

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ހދ. ކުޅުދުއްފުށީގައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަކަށް ބަދަލުކޮށް ހިދ...

15 Apr 2021 | 05:28

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ހދ. ކުޅުދުއްފުށީގައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

މި ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗް ހުރި އިމާރާތުގައެވެ.

ދެ އޭޓީއެމް މެދުވެރިކޮށް ފަސޭހަކަމާއެކު 24 ގަޑިއިރު ބޭންކިންގ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ސެންޓަރ މެދުވެރިކޮށް ރަށުގެ ރައްޔިޔުންނަށާއި ރަށަށް ޒިޔާރަތްކުރާ އެތައް ސަތޭކަ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މިއާއެކު ކުޅުދުއްފުށީގައި މިވަނީ 2 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ގާއިމްކުރެވިފައެވެ. ފުރަތަމަ ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތުގައެވެ.

ދާދި ފަހުން ބޭންކުންވަނީ ހދ. މަކުނުދޫ ގައި މުޅިން އަލަށް ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ ހުޅުވައި ގދ. ފަރެސްމާތޮޑާގެ އޭޓީއެމް ސެންޓަރ އަލުން ހުޅުވާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 69 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 130 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް