ދުވަހުގެ ޑިޝް: ޗިކަން ޗިމީޗަންގާ

ބޭނުންވާނެ ތަކެތި 2 މޭޒުމަތީ ސަމުސާ ބަޓަރު 4 މޭޒުމަތީ ސަމުސާ ތެޔޮ 1 ފިޔާ ކުދިކޮށް ކޮށާލާފަ 3 ފިށް ލޮނުމެދު ކުދިކޮށް ކޮށާލާފަ 2/1 1 މުގުރި މިރުސް 2/1 މުގުރި ދިރި 1 ޓޮމާޓޯ ކުދިކޮށް ކޮށާލާފަ 2 މޭޒުމަތީ ސ...

15 Apr 2021 | 05:14

ބޭނުންވާނެ ތަކެތި

2 މޭޒުމަތީ ސަމުސާ ބަޓަރު

4 މޭޒުމަތީ ސަމުސާ ތެޔޮ

1 ފިޔާ ކުދިކޮށް ކޮށާލާފަ

3 ފިށް ލޮނުމެދު ކުދިކޮށް ކޮށާލާފަ

2/1 1 މުގުރި މިރުސް

2/1 މުގުރި ދިރި

1 ޓޮމާޓޯ ކުދިކޮށް ކޮށާލާފަ

2 މޭޒުމަތީ ސަމުސާ ތާޒާ ކޮރިއަންޑަރ ކުދިކޮށް ކޮށާލާފަ

2/1 2 ޖޯޑު ކުކުޅު(ކަށި ނެތް ކުކުޅު ފައިގެ މަސް) ކުދިކޮށް ކޮށާލާފަ

1 ޖޯޑު ގާނާފަ ހުރި ޗީޒް

4 10 އިންޗިގެ ޓޯޓިލާ (ބަދަލުގައި ރޮށި ބޭނުންކުރެވިދާނެ)

ރަހަލާ ވަރަށް ލޮނު އަދި އަސޭމިރުސް

ހައްދަވާނެ ގޮތް

ބަޓަރު އަދި ތެޔޮފޮދު ހޫނުކޮށްލުމަށްފަހު ކުކުޅުކޮޅު އަޅުއްވާ ދެބައި ކުޅަ އެއްބަޔަށް ރޯފިލުވާލުމަށް ފަހު ފިޔާ، ލޮނުމެދު، މުގުރި ދިރި އަދި މުގުރި މިރުސް އަޅުއްވާ. ފަސްވަރަކަށް މިނެޓް ކައްކަވާލުމަށް ފަހު ތާޒާ ކޮރިއަންޑަރ އަދި ޓޮމާޓޯ އަޅުއްވާ. ލޮނު އަދި އަސޭމިރުސް އަޅުއްވާ ރަހަ ހެޔޮވަރު ކޮށްލުމަށްފަހު އިތުރު 2 މިނެޓްވަރު ވަންދެން ކައްކަވާލުމަށް ފަހު އުދުން ނިއްވާލައްވާ. އެއްއަށްފަހު ޗީޒް އަޅުއްވާ ރަނގަޅަށް އެއްކޮށްލައްވާ. ތައްޔާރުކޮށްލެއްވި މަސްގަނޑު ޓޯޓިލާ ތެރެއަށް އަޅުއްވާ ރޯލް ކޮށްލުމަށްފަހު ތެލުލައްވަވާ. ރޯލް ކުރައްވާއިރު ކުރައްވަވާނީ ކީމިޔާ ރޯލް ކުރައްވަވާ ގޮތަށް އެތެރެއަށް ތެޔޮނުވަންނާނެހެން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް