މާރާމާރީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ލ. ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ. ފުލުހުންގެ އިއުލާނުގައި ވަނީ، ޙުސައިން ...

15 Apr 2021 | 04:49

ލ. ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުންގެ އިއުލާނުގައި ވަނީ، ޙުސައިން ސުޢޫދު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ

އެގޮތުން ހޯދާ ފަރާތަކީ ލ.ގަން. ތުނޑި، އިހުރާމުގެ، ޙުސައިން ސުޢޫދު (28އ) -  A309836 އެވެ.

މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް/ ތަހުގީގަށް ސުވާލުކުރުމަށްޓަކައި 2021 އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 10.00 އަށް ޙުސައިން ސުޢޫދު ލ.ގަން ޕޮލިސް ސްޓޭޝަން ހާޒިރުވުމަށް ފުލުހުންގެ އިއުލާނުގައި ވެއެވެ.

ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް، ތުހުމަތުކުރެވޭ މީހަކު ހާޒިރުކުރުމަށް ފުލުހުން އިއްޔެވެސް އިއުލާނު ކޮށްފައިވެއެވެ. އެއީ ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ކުރި މައްސަލައެއްގެ ތުހުމަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް