ކޯވިޑް-19 ވެކްސިން ޖެހުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހައްދަވައިފި އެވެ.
ކަރެކްޝަނަލް ސާވިސަސް އިން ވެކްސިން ޖެހުމަށް ރައީސް ޔާމީން ގެނެސްފައިވަނީ މާލެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނަށް ވެކްސިން ދިނުމަށް ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.
އޭޑީކޭ ހޮސްޕިޓަލުން މި ދުވަސްވަރު ޖަހަދެމުންދަނީ ފައިޒާ ވެކްސިން އެޗްޕީއޭއިން ކަނޑައަޅާ ތަރުތީބަކުން އެޕޮއިންޓްމެންޓް ހައްދާ މީހުންނަށް އެކަންޏެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެކްސިން ޖެހުމަށް ޔާމީން މާލެ ގެނައީ ރޭ 9:45 ހާއިރު ކަމަށެވެ. އެކަމަކު ވެކްސިން ޖެހުމަށް އެމަނިކުފާނު އިންކާރު ކުރެއްވުމުން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
ކަރެކްޝަންސް އިން ބުނީ މާލޭ ޖަލާއި ހުޅުމާލެ ޖަލުގައި ތިބި ގައިދީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.
ޔާމީން ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވި ސަބަބެއް ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް