ކޯވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވެވަފައިވާއިރު މާލެއިން ދެ ގެއެއް އަދި އައްޑޫ ސިޓީ ހިތަދޫން ގެއެއް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.
މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މ. ޖަރީމާގެ އާއި ހ. ރަތްކުރެދި އިމާރާތުގެ ހަތަރުވަނަ ފަންގިފިލާ އަދި ސ.ހިތަދޫ ނޫމަސްވާދީއެވެ.
މި ތިން ގެ ވެސް މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ މިއަދު މާލޭސިޓީއިން #ކޯވިޑް19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މާލެއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއެކު މާލެ ސަރަހައްދުގައި މިހާރު ވަނީ 24 ގަޑިއިރަށް ލޮކްޑައުން އިއުލާނުކޮށްފައެވެ. ޕޮޒިޓިވްވި މީހާއަކީ ޓްރެވަލް ހިސްޓްރީއެއް ނެތް އަދި ކުރިން ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްނުވާ މީހެއްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް