ކޯވިޑް-19: ޓެލިކިލާސްތައް މެދުކަނޑާލައިފި

ކޯވިޑް-19ގެ މި ހާލަތުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދިޔަ ޓެލިކިލާސްތައް މެދުކަނޑާލައިފިއެވެ. އެގޮތުން އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފ...

15 Apr 2020 | 17:13

ކޯވިޑް-19ގެ މި ހާލަތުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދިޔަ ޓެލިކިލާސްތައް މެދުކަނޑާލައިފިއެވެ.

އެގޮތުން އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދުގެ މެންދުރުފަހު 3:30ގެ ފަހުންފެށިގެން 24 ގަޑިއިރުގެ މުއްދައްތަކަށް މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޓެލިކިލާސްތައް މެދުކަނޑާލެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

https://twitter.com/MoEdumv/status/1250470229630582785

މާލެ ސަރަހައްދުގައި މިއަދު ލޮކްޑައުން އިއުލާނުކުރީ ކޯވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމުންނެވެ. ޕޮޒިޓިވްވި އެ މީހާއަކީ ޓްރެވަލް ހިސްޓްރީއެއް ނެތް އަދި ކުރިން ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓްވެސް ވެފައިނެތް މީހެއް ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް