ކޯވިޑް-19: ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ދެމުންދިޔަ އެހީ އެމެރިކާއިން ކަނޑާލައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އެމެރިކާއިން ދެމުންދިޔަ އެހީތައް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކަނޑާލައިފިއެވެ. އެކަން އެމެރިކާއިން އިއުލާނުކޮށްފައިމިވަނީ ކޯވިޑް-19 ގެ ކަންކަން ކުރުމުގައި ދުނިޔޭ...

15 Apr 2020 | 16:58

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އެމެރިކާއިން ދެމުންދިޔަ އެހީތައް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކަނޑާލައިފިއެވެ.

އެކަން އެމެރިކާއިން އިއުލާނުކޮށްފައިމިވަނީ ކޯވިޑް-19 ގެ ކަންކަން ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފެއިލްވެފައިވާކަމަށާއި ޗައިނާގެ ނުފޫޒު އެ ޖަމިއްޔާއަށް ވަދެފައިވާކަމަށް ޓްރަމްޕް ކިޔަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ޗައިނާއިން ފެނުނު މި ވައިރަސް ޗައިނާއިން ކޮންޓްރޯލްކޮށްފައިވީނަމަވެސް އެމެރިކާއަށް އަދި މި ވައިރަސް ކޮންޓްރޯލްކުރެވޭނެ ގޮތެއް ފެނިފައެއް ނުވެއެވެ. މުޅި ދުނިޔޭގައިވެސް މި ވައިރަސް އެންމެ ބާރަށް ފެތުރެމުން އަންނަނީ އެމެރިކާގައެވެ.

އެމެރިކާއިން ދެމުންދިޔަ އެހީ ހުއްޓާލުމުގެ ކުރިން އެ އެހީ ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ދީފައިވެއެވެ.

އެ އެހީ މެދުކަނޑާލިކަން އިއުލާނުކުރަމުން މިއަދު ޓްރަމްޕް ބުނެފައިވަނީ ކޯވިޑް-19ގެ ކަންކަނަ ކުރިއަށްގެންދިއުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފެއިލްވެފައިވާއިރު އެ ޖަމިއްޔާއަށް އަދަބު ދޭންޖެހޭ ކަމަށެވެ. އަދި އެމެރިކާއިން މި ދިނީ އެ އަދަބު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް