ކޯވިޑް-19: ލޮކްޑައުންގައި ކޮންމެހެން ގަންނަންޖެހޭ އެއްޗެއް ގަންނަން ދިއުމުގެ ކުރިން ގުޅަންވީ ނަމްބަރު ހާމަކޮށްފި

މާލެ އޭރިއާ ސަރަހައްދުގައި 24 ގަޑިއިރުގެ ލޮކްޑައުނެއް އިއުލާނުކޮށްފައިވާއިރު މި ހާލަތުގައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއެއް ކުރުމަށް ބޭރަށް ދާން ބޭނުންނަމަ ގުޅައި ރަޖިސްޓްރީކުރަންވީ ނަމްބަރު ފުލުހުނ...

15 Apr 2020 | 16:33

މާލެ އޭރިއާ ސަރަހައްދުގައި 24 ގަޑިއިރުގެ ލޮކްޑައުނެއް އިއުލާނުކޮށްފައިވާއިރު މި ހާލަތުގައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއެއް ކުރުމަށް ބޭރަށް ދާން ބޭނުންނަމަ ގުޅައި ރަޖިސްޓްރީކުރަންވީ ނަމްބަރު ފުލުހުން ހާމަކޮށްފިއެވެ.

އެ ނަމްބަރަކި 303444 އެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ނަމްބަރަށް ގުޅައި ރަޖިސްޓްރީ ކުރުމަށްފަހު ބޭރަށް ދުރުވާއިރު އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށެވެ. އަދި އަބަދުވެސް އަތުގައި އައިޑީކާޑު އޮންނަން ޖެހޭނެ ކަމަށެވެ.

https://twitter.com/PoliceMv/status/1250456253882499073

މީގެ އިތުރުން ވެހިކަލް އަދި ޑެލިވަރީ ފާހުގެ ކަންކަމުގައި [email protected] އަށް މެއިލް ކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް