ޑެލިވަރީ ހިދުމަތްތައް މިރޭ ހަތަކުން ބާރައަށް ހުޅުވާލެވޭނެ: ފުލުހުން

ކޯވިޑް-19 އާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ އޭރިއާ ލޮކްޑައުން ކޮށްފައިވާއިރު ޑެލިވަރީގެ ހިދުމަތްތައް މިރޭ 07:00 އިން މިރޭގެ 00:00 އަށް ހުޅުވާލާނެ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން މި...

15 Apr 2020 | 13:11

ކޯވިޑް-19 އާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ އޭރިއާ ލޮކްޑައުން ކޮށްފައިވާއިރު ޑެލިވަރީގެ ހިދުމަތްތައް މިރޭ 07:00 އިން މިރޭގެ 00:00 އަށް ހުޅުވާލާނެ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ޒަރޫރީ ބޭނުންތަކުގަ ތަކެތި ގަތުމަށް ފުލުހުންނަށް ގުޅަންޖެހޭ ނަމްބަރެއް އިއުލާނުކުރެވިގެންދާނެ ކަމަށާއި ދުރުވާ ތަނަކާ ބޭނުމާ ބުނުއްވާފަ ދުރުވެވޭނެ ކަމަށެވެ

އަދި އެ ހާލަތުގައި މަގުމައްޗަށް ނިކުންނަ ހުރިހާ ބޭފުޅުންވެސް އައިޑީ ކާޑު އޮންނަން ޖެހޭނެ ކަމުގައިވެސް ނަވީން ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ލޮކްޑައުން އިއުލާނުކޮށްފައިމިވަނީ މާލެއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. ޕޮޒިޓިވްވި މީހާއަކީ ޓްރެވަލް ހިސްޓްރީއެއް އޮތް މީހެއް ނޫން ކަމަށާއި ކުރިން ޕޮޒިޓިވްވެފައިވާ މީހަކާ އެމީހާ ކޮންޓެކްޓްވިކަންވެސް އަދި އެނގިފައިނުވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް