ކޯވިޑް-19ގެ މި ހާލަތުގައި މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު ރާއްޖޭގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން މޯލްޑިވިއަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލެސިޓީ “ލޮކްޑައުން” ޙާލަތަށް ގެނެސްފައިވާތީ އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ވާހަކަ ހުރިހާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވާކަމަށެވެ.
https://twitter.com/MaldivianAero/status/1250397442891067392
މަންޓާ އެއާއިންވެސް ވަނީ އެކަން އިއުލާނުކޮށްފައެވެ.
https://twitter.com/MantaAir/status/1250397092897419264
މާލެ ސަރަހައްދަށް 24 ގަޑިއިރުގެ ލޮކްޑައުނެއް އިއުލާނުކޮށްފައިމިވަނީ މާލެއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމުންނެވެ. އޭނާއަކީ ޓްރެވަލް ހިސްޓްރީ އޮތް އަދި ކުރިން ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓްވެފައިވާ މީހެއްކަން އަދި ދެނެގަނެވިފައިނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް