ދިމާވެދާނެ ގޮންޖެހުންތަކަށް ދުރާލާ މިތިބީ ތައްޔާރުވެ: މިނިސްޓަރު އަމީން

މާލެ ސަރަހައްދު ލޮކްޑައުނަކަށް ގޮސްފައިވާއިރު މި ހާލަތުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ދަތިތަކަކަށް ދުރާލާ ތިބީ ތައްޔާރުވެފައި ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އ...

15 Apr 2020 | 11:57

މާލެ ސަރަހައްދު ލޮކްޑައުނަކަށް ގޮސްފައިވާއިރު މި ހާލަތުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ދަތިތަކަކަށް ދުރާލާ ތިބީ ތައްޔާރުވެފައި ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ކުރިމަތިވާ އުނދަގޫތަކަށް އެޑްރެސްކޮށް ކަމާބެހޭ ފަރާތްތަކުން އަމަލުކުރާނެ ގޮތް އަދި ހިދުމަތްތައް ފޯރުކޮށްދޭނެ ގޮތް މިއަދު އަންގަމުންދާނެ ކަމަށެވެ.

"ކާބޯތަކެއްޗާ ބޭހާއި، ކޮންމެހެން ކުރަންޖެހޭ އިންތިޒާމްތައް ހަމަޖައްސައި އެކަންކަން އެކްޓިވޭޓްކުރަމުން ދާނެ" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މި ބަލީގެ ހަމައެކަނި ފަރުވާއަކީ ގޭގައި ތިބުން ކަމަށާއި ފިޒިކަލް ދުރުމިން ބެހެއްޓުން ކަމަށެވެ. އަދި މި ބަލި އާބާދީގެ ތެރޭގައި ފެތުރެން ފެށީމާ ދެން އިސްކަމެއް ދޭން ޖެހެނީ މި ބަލި ފެތުރޭ މިންވަރު ލަސްކުރުން ކަމުގައިވެސް އަމީން ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ މިއަދު މާލެ ސަރަހައްދު ލޮކްޑައުނަށް ގެންދިޔައީ ކޮންޓެކްޓް ޓްރޭސިން އާއި އައިސޮލޭޓް އަދި ކަރަންޓީނު ކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށްޓަކައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް