ކޯވިޑް-19: ކީރިތި ކުރައްވައި ރައީސް އެދިވަޑައިގެންނެވީ ރައްޔިތުންގެ އެއްބާރުލުމަށް

ކޯވިޑް-19 ގެ ފުރަތަމަ ކޭސް މާލެއިން ފެނުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކީރިތި ކުރައްވަމުން ރައްޔިތުންގެ ފުރިހަމަ އެއްބާލުން ދިނުމަށް އެދިވަޑައިގެންފި އެވެ. ގައުމާ މުހާ...

15 Apr 2020 | 11:09

ކޯވިޑް-19 ގެ ފުރަތަމަ ކޭސް މާލެއިން ފެނުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކީރިތި ކުރައްވަމުން ރައްޔިތުންގެ ފުރިހަމަ އެއްބާލުން ދިނުމަށް އެދިވަޑައިގެންފި އެވެ.

ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކޮށްފި ނަމަ މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށެވެ. އަދި ބަލިން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ކީރިތި ކުރައްވަމުން ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގެންނަވަނީ ސިއްހީ ހިދުމަތްތެރިންގެ އަޑު އައްސަވާ، ގޭގައި މަޑު ކުރެއްވުމަށެވެ.

ކޮވިޑް-19 ބަލި ރާއްޖޭގައި ފެތުރުން މަދު ކުރުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ދެއްވި އެވެ.

އޭގެ އިތުރުން، މިވަގުތު ޒަރޫރީ ބޭނުންތަކަށް ބޭނުންކުރަންޖެހޭ ބޭހާއި ކާބޯތަކެތި ރަނގަޅު މިންވަރަކަށް އެބަހުރި ކަމަށާއި، ރައްޔިތުންގެ އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އަމަލު ކުރަންވީ ގޮތްތައް ކަމާބެހޭ ފަރާތްތަކުން ހާމަ ކުރަމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް