މާލެ ސަރަހައްދަށް ބަނދަރުކޮށްފައިވާ އުޅަނދު ފަހަރު ލަފާ ފުރުންވެސް މަނާކޮށްފި

މާލެ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން މި ސަރަހައްދުތަކުގައި ބަނދަރުކޮށްފައިވާ އުޅަނދު ފަހަރު ލަފާ ފުރުމަކީ މަނާ ކަމެެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ. ޑައިރެކްޓާ ޖެނެރަލް އޮފް ޕ...

15 Apr 2020 | 10:52

މާލެ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން މި ސަރަހައްދުތަކުގައި ބަނދަރުކޮށްފައިވާ އުޅަނދު ފަހަރު ލަފާ ފުރުމަކީ މަނާ ކަމެެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމަށް މިއަދު ވަނީ24 ގަޑިއިރަށް މާލެ ސަރަހައްދާއި، ތިލަފުށި އަދި ގުޅީފަޅު މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައި އެވެ. އެންގުމުގައި ބުނެފައިވަނީ މި ތަންތަނަށް އަރާ ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

މި އެންގުން ނެރުނު ފަހުން އެޗްޕީއޭއިން ބުނީ އެންގުމަށް އަމަލު ކުރަން ފެށުމާއި އެކު މާލެ ސަރަހައްދުގައި ބަނދަރުކޮށްފައިވާ އުޅަނދު ފަހަރު ފުރުމަކީވެސް މަނާ ކަމެއް ކަމަށެވެ.

https://twitter.com/HPA_MV/status/1250367437293355009

އެޗްޕީއޭއިން މިއަދު ނެރުނު އެންގުމުގައި ވަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅުގައި މީހުން މަގުމައްޗަށް ނުކުތުމާއި އެއްގަމު އުޅަނދު ދުއްވުމާއި ފެރީ އާއި ބަހުގެ ހިދުމަތް ދިނުން ހުއްޓާލުމަށް އަންގާފައި އެވެ.

މިފިޔަވަޅުތައް އެޅީ ކޯވިޑް-19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް