ކޯވިޑް-19 އާއި ގުޅިގެން ފުރަމާލެ ސަރަހައްދު ލޮކްޑައުން އިއުލާނުކޮށްފައިވާއިރު މި ސަރަހައްދުގައި ކުނީގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން ބުނެފައިވަނީ ހިދުމަތް ހުއްޓާލާފައިވާ މިދަނޑިވަޅުގައި، ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، އަދި އުފެދޭ ކުދިނ އެންމެ އެކަށީގެންވާ ގޮތުގައި (ދެކޮތަޅަށްލުމަށްފަހު) ރަނގަޅަށް ބަންދުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު މެދުކެނޑިފައިވާ ހިދުމަތްތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުންނާއި ހިއްސާކުރެވެމުންދާނެކަމުގައިވެސް ވެމްކޯއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް