ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖައްސަވައިފި އެވެ. އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނި މިއަދު ހަވީރު3:45 ގައި ކަމަށް ރައީސް އޮފީހުން މައުލ...

15 Apr 2020 | 10:16

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖައްސަވައިފި އެވެ.

އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނި މިއަދު ހަވީރު3:45 ގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެ އެވެ. ރައީސްގެ ވާހަކަފުޅު ހުރިހާ ޓީވީ ޗެނަލަކުން ވަގުތުން ދުރަށް ދައްކާނެ އެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނިފައި ވަނީ މިއަދު އެވެ. ރައީސް ގައުމާ މުހާތަބު ކުރައްވަނީ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ.

މިއަދު2:30 ން ފެށީގެން މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި އަދި ގުޅީފަޅު ވަނީ24 ގަޑިއިރު ބަންދުކޮށްފައި އެވެ. އަދި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓު އިތުރުން މި ރަށްތަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައި އެވެ.

ފުލުހުން ވަނީ މި ތަންތަނުގައި މަގުމަތީގައި އުޅޭ މީހުން3:30 ގެ ކުރިން ގެއަށް ވަނުމަށް އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް