ކޯވިޑް-19 ފެތުރެމުން މިދަނީ އަންދާޒާ ކުރި ގޮތަށް: ރައީސް ނަޝީދު

ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރެމުން މިދަނީ އަންދާޒާ ކުރި ގޮތަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދު ވަނީ ފުރަތަމަ ފަހަރަށް މާލެ ތެރެއިން ކޯވިޑް-19 އަށް ...

15 Apr 2020 | 09:12

ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރެމުން މިދަނީ އަންދާޒާ ކުރި ގޮތަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ވަނީ ފުރަތަމަ ފަހަރަށް މާލެ ތެރެއިން ކޯވިޑް-19 އަށް މީހަކު ޕޮސިޓިވް ވެފައި އެވެ. މާލޭގައި ހިންގާ ފްލޫ ކްލިނިކަށް ރޭ ޑޮކްޓަރަށް ދެއްކި އެމީހާ ކޮވިޑަށް ޕޮސިޓިވްވިކަން އެޗްޕީއޭއިން ހާމަ ކުރީ މިއަދު ހެނދުނު އެވެ.

އެއީ ދިވެއްސެކެވެ.

މިކަމާ ގުޅޭގޮތުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ބަލި ފެތުރޭނެ ކަމަކީ އަބަދުވެސް ސިއްހީ މާހިރުންނަށް އެނގިތިބި ކަމެއް ކަމަށެވެ. ނަޝީދު ވިދާޅުވީ މިހާރު ބަލި ފެންނަމުން މިދަނީ އެންމެ ފުރަތަމަ ވެސް މިކަން ވާނެ ކަމަށް އަންދާޒާ ކުރެވުނު ގޮތަށް ކަމަށެވެ.

https://twitter.com/MohamedNasheed/status/1250333145838149632

ނަޝީދު ވިދާޅުވީ ސަރުކާރުން ވަނީ ކޯވިޑް-19 އަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި އެދިވަޑައިގެންނަވަނީ ރައްޔިތުން ކަންބޮޑުނުވުމަށާއި މިކަމުން ވަރަށް އަވަހަށް ސަލާމަތްްް ވާނެ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން21 މީހަކު ޕޮސިޓިވް ވެފައިވާއިރު ހަ ދިވެއްސަކު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެފައި އެވެ. އޭގެ ތެރެއިން ތިން ދިވެހިން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް