ލޮކްޑައުން ހާލަތުގައި ޑެލިވަރީ ކޮށްދެވޭނެ ފިހާރަތަށް ރަޖިސްޓްރީވުމަށް އަންގައިފި

މާލެ ލޮކްދައުން ކުރާ ހާލަތުގައި ގޭގެއަށް ތަކެތި ޑެލިވަރީ ކޮށްދޭން ބޭނުންވާ ފިހާރަތަކުން ސިޓީ ކައުންސިލްގައި ރަޖިސްޓްރީވުމަށް އަންގައިފި އެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ޑެލިވަރީ ކޮށްދޭން ބޭނުނ...

15 Apr 2020 | 08:02

މާލެ ލޮކްދައުން ކުރާ ހާލަތުގައި ގޭގެއަށް ތަކެތި ޑެލިވަރީ ކޮށްދޭން ބޭނުންވާ ފިހާރަތަކުން ސިޓީ ކައުންސިލްގައި ރަޖިސްޓްރީވުމަށް އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ޑެލިވަރީ ކޮށްދޭން ބޭނުންވާ ފިހާރަތަކަށް އޮންލައިކޮށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. އާންމު މުދާ ވިއްކާ ފިހާރަތަކުގެ އިތުރުން ކެފޭ، ރެސްޓޯރަންޓްތަކަށްވެސް ޑެލިވަރީ ކުރުމަށް ރަޖިސްޓްރީވެވެ އެވެ.

މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ މިފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ފިހާރަތަކުގެ މައުލޫމާތު މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ހޯދާފަ އެވެ. އެގޮތުން362 ފިހާރަކަ އަކުން ވަނީ ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ބުނެފައިވެ އެވެ.

https://faseyhagulhun.malecity.gov.mv/

މާލޭ ސިޓީ ކައުންސިލުން ބުނީ ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ފިހާރަތަކުގައި ތޮއްޖެހިގެން ނުތިބުމަށް މާލޭ ސިޓީ ކައުންސިލްގެ ރައީސް ޝިފާ މުހައްމަދު އިލްތިމާސް ކުރެއްވި އެވެ.

މީގެ ިއތުރުން އެހީއެއް ބޭނުންވާނަމަ ސިޓީ ކައުންސިލަށް އެންގުމަށް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް