ތޫފާން މިއޮތީ އައިސްފަ، ސަލާމަތްވެވޭނީ އެއްބައިވަންތަކަން އިސްކޮށްގެން: މިނިސްޓަރު އަލީ

ކޯވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާއެކު، ތޫފާން މިއޮތީ އައިސްފައި ކަމަށާއި ސަލާމަތްވެވޭނެ ތަޅުދަނޑިއަކީ އެއްބައިވަންތަކަން ކަމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓ...

15 Apr 2020 | 07:12

ކޯވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާއެކު، ތޫފާން މިއޮތީ އައިސްފައި ކަމަށާއި ސަލާމަތްވެވޭނެ ތަޅުދަނޑިއަކީ އެއްބައިވަންތަކަން ކަމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ މީ އެޗްޕީއޭއިން ދެއްވާ އިރުޝާދުތައް އަޑުގައި މިކަމުން މިންޖުވޭތޯ އެންމެން ދުއާކުރަންވީ ވަގުތު ކަމަށެވެ. "ޕޮޒިޓިވް" ކޮށް ވިސްނައި އެކަކު އަނެކަށް އެހީތެރިވާންވީ ވަގުތު ކަމަށެވެ.

މިނިސްޓަރުގެ ޓްވީޓް ނިންމާލާފައިވަނީ މާތް ﷲގެ އިރާދަފުޅާއެކު މިކަމުން މިންޖުވާނެކަމުގެ އުންމީދާއެކުގައެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައިވާއިރު ކޯވިޑް-19ގެ ފުރަތަމަ ކޭސް މާލެ ތެރެއިން މިއަދު މިވަނީ ފެނިފައެވެ. މިއާއެކު އާންމުންގެ ކަންބޮޑުވުންވެސް މިވަނީ އިތުރުވެފައެވެ.

މި ހާލަތުގައި ސަރުކާރުން ދެން އަޅާނެ ފިޔަވަޅުތަކާއި ރައްޔިތުން އަމަލުކުރާނެ ގޮތް ބުނެދިނުމަށާއި މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް