އދ. މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް ފަސް ލޯންޗާއި ޑިންގީގައި އަލިފާން ރޯވެ އަނދައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު5:22 ހާއިރު ކަމަށެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު7:45 ހާއިރު އެވެ.
ފުލުހުން ބުނީ މިހާދިސާގައި އަލިފާން ރޯވެފައިވަނީ ފުލުހުންގެ ލޯންޗަކާއި، ސީ އެމްބިއުލާންސް، އދ. އަތޮޅު ލޯންޗުގެ އިތުރުން އެޗްއެމްއެޗްއައި ގެ ދެ ލޯންޗެއްގައި އެވެ. ދެން ރޯވެފައިވަނީ ޑިންގީއެއްގައި ކަމަށެވެ. އެކަމަކު އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މިހާދިސާގައި ދެ ޑީންގީއެއްގައި ރޯވި އެވެ.
މި ހާދިސާގައި ރޯވި ލޯންޗުތަކާއި ޑިންގީ ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި އެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ ރޯވެ އަނދާފައިވަނީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައިވާ އުޅަނދުތަކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުންނާއި އެމްއެންޑީއެފުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް