ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ހުޅުވާފައިވާ ފްލޫ ކްލިނިކަށް ދެއްކި މީހަކު ވައިރަހަށް ޕޮސިޓިވް ވެއްޖެ އެވެ.
ބައްޔަށް ޕޮސިޓިވް ވެފައިވަނީ ދިވެއްސެކެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ މިއީ މާލެ ތެރެއިން މި ބައްޔަށް ޕޮސިޓިވްވި ފުރަތަމަ މީހާ ކަމަށެވެ. އެމީހާ ޕޮސިޓިވް މީހުންނަށް ފަރުވާދޭ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.
މިއީ ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވި ދިވެހި ހަ ވަނަ މީހާ އެވެ. ދެން ތިބި މީހުން ޕޮސިޓިވް ވެފައިވަނީ ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިއްބަ އެވެ.
https://twitter.com/HPA_MV/status/1250290808890122241
އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި ބަލި ފެތުރިއްޖެ ނަމަ ކޮންޓްރޯލް ކުރަން އެންމެ އުނގަދޫވާނީ މާލެ ސަރަހައްދުގައި ކަމަށެވެ. އަދި މިހާރު އަޅާފައިވާ ވަރުގަދަ ފިޔަވަޅުތައް ނާޅާ ހުއްޓަ ބަލި ފެތުރިިއްޖެ ނަމަ ހަމަ އެކަނި މާލެ ސަރަހައްދުން46،000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް