ކޯވިޑް-19: ލ. ގަމުގެ ގެއެއް މޮނީޓަރިން ހާލަތަށް

ކޯވިޑް-19ގެ މި ހާލަތާއި ގުޅިގެން ލ. ގަމުގެ ގެއެއް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ރަށު ކައުންސިލުންނެވެ. އެ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި އެ ގ...

14 Apr 2020 | 19:21

ކޯވިޑް-19ގެ މި ހާލަތާއި ގުޅިގެން ލ. ގަމުގެ ގެއެއް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ރަށު ކައުންސިލުންނެވެ.

އެ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި އެ ގޭގެ ނަމާއެކު ބުނެފައިވަނީ އެ ގެ ވަނީ މިރެއިން ފެށިގެން 14 ދުވަހަށް ނުވަތަ އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން ވަދެ ނިކުތުން މަނާކުރެވިފައި ކަމަށެވެ.

"އެގޭގެ ހާލަތ ކައުންސިލްގެ ސޯޝަލް ސަޕޯޓް ޑެސްކުން މިދަނީ ބަލާ އެހީތެރިވަމުން" ކައުންސިލްގެ ޕޯސްޓްގައ ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ގެ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ ކޯވިޑް-19ގެ އަލާމާތްތައް ހުރި މީހަކު އެ ގެއިން ފެނިގެންނެވެ. އެ ގެއަށާއި ކަމާބެހޭ ފަރާތްތަކަށް އެކަމާ ބެހޭ ލިޔުން އެޗްޕީއޭއިން ފޮނުވާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް