ކޯވިޑް-19: ދަރުމަވަންތައިގަ އިތުރު ދެ މީހަކަށް ފަރުވާ ދޭން ފަށައިފި

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން އައިސޮލޭޝަންގައި ފަރުވާ ދެމުންދިޔަ ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ އައިސީޔޫއަށް ބަދަލު ކޮށްފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަ...

15 Mar 2020 | 17:22

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން އައިސޮލޭޝަންގައި ފަރުވާ ދެމުންދިޔަ ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ އައިސީޔޫއަށް ބަދަލު ކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ އެތެރެހަށިގެ ޑޮކްޓަރު މޫސާ ހުސެއިން ވިދާޅުވީ އެ ދެމީހުން ދަރުމަވަންތައަށް ބަދަލު ކުރީ އުމުރަށް ބަލާފައި ކަމަށެވެ. އެކަމަކު އެ ދެމީހުންގެ އުމުރު އަދި ހާމައެއް ނުކުރެ އެވެ. އެއީ ކުރަމަތި އައިލެންޑު ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންނެވެ.

އޭނާ ވިދާޅުވީ ރޭ އެ ދެމީހުން ފުރަތަމަ ފަހަރަށް ވައިރަސް ޓެސްޓު ކުރި ކަމަށާއި އެެ ނަތީޖާ ދެއްކީ ނެގެޓިވް ކޮށް ކަމަށެވެ. އެކަމަކު އަނެއްކާވެސް ދެވަނަ ފަހަރު ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނާތީ ކަމަށެވެ. އޭގެ ނަތީޖާ އަދި ނުލިބެ އެވެ.

އެދެމީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ. މިވަގުތު ދަރުމަވަންތައިގަ ގާއިމްކޮށްފައިވާ އައިސީޔޫގައި ހަތަރު މީހަކު އެބަތިބެއްވެ. ކުރިން އެތަނުގައި ތިބި ދެމީހުންނަކީ ބައްޔަށް ޕޮސިޓިވް ދެމަފިރިންނެވެ.

އޭގެ ތެރެއިން ފިރިމީހާއަށް ވަނީ ނިއުމޯނިއާ ޖެހިފައި އެވެ. ޑރ. މޫސާ ވިދާޅުވީ އޭނާ މިމަހުގެ އަށް ވަނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކުރި އިރު ހާލު ސީރިއަސް ކަމަށާއި މިހާރު އެމީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

މިހާރު ރާއްޖޭގައި ކޮރޮނާ ވައިރަސް ޖެހިފައިވާ13 މީހުން ތިބި އިރު ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ހުރީ ދަރުމަވަންތައިގެ އައިސީޔޫ އެކަންޏެވެ. އެއީ10 މީހުންގެ ޖާގައިގެ އައިސީޔޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް