އަނަންތަރާ ދިގު ރިސޯޓުން ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެންނަމުންދާ ދިވެއްސަކު ވައިރަހަށް ޓެސްޓު ކުރަން ނިންމައިފި އެވެ.
އެޗްޕީއޭއިން ބުނީ އެމީހާ އަކީ ދިގުން ވައިރަހަށް ޕޮސިޓިވްވި މީހަކާއި ސީދާ ގުޅުންހުރި މީހެއް ކަމަށެވެ. އޭނާ މިހާރު ވަނީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އެމީހާ ކަރަންޓީން ފެސިލިޓީއަށް ގެންދިޔައީ ހުޅުމާލެއިން ކަމަށެވެ. އެކަމަކު އޭނާ ރިސޯޓުން ހުޅުމާލެއަށް ގޮސްފައިވަނީ އިއްޔެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނަންތަރާ ދިގުން ދެމީހަކު މިހާތަނަށް ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ. ޕޮސިޓިވްވި މީހުންނާއި ގުޅުންހުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރާނީ އެ ރިސޯޓު އަދިވެސް އޮތީ މޮނިޓަރިންގައި އެވެ.
https://twitter.com/HPA_MV/status/1239211517909676033
މިހާތަނަށް ރާޢްޖެއިން13 މީހަކު ކޮރޯނާ ވައިރަހަށް ޕޮސިޓީވްވެފައިވެ އެވެ. އެ އެންމެންނަކީ ބިދޭސީންނެވެ.
އެކަމަކު ޕޮސިޓިވް ކޭސްތައް ފެނުނު ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންވެސް ޓެސްޓު ކުރެވިފައިވެ އެވެ އެކަމަކު މިހާތަނަށް ދިވެއްސަކު ޕޮސިޓިވް ވެފައި އެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް