ކޯވިޑް-19: ފޮޓޯ: ޑަބްލިއުއެޗްއޯއިން ރާއްޖެއަށް 50 ޓެސްޓު ކިޓު ހަދިޔާ ކުރުން

ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރެވޭ ކިޓުތަކެއް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނ...

15 Mar 2020 | 12:55

ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރެވޭ ކިޓުތަކެއް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެ އެއްބަސްވުމުގައި ޑަބްލިއުއެޗްއޯގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެޖަމާއަތުގެ މަންދޫބު ޑރ. އަރުވިންދު މާތޫރު އެވެ.

މި އެއްބަސްވުމުގެ ދަށުން ޑަބްލިއުއެޗްއޯއިން ވަނީ50 ޓެސްޓު ކިޓު ހަދިޔާކޮށްފައި އެވެ. އެ ކިޓުތައް ބޭނުން ކޮށްގެން5،000 ސާމްޕަލް ޓެސްޓު ކުރެވޭނެ އެވެ.

މީގެ ކުރިން އެ ޖަމާއަތުން ވަނީ10 ޓެސްޓު ކިޓު ހަދިޔާ ކޮށްފައި އެވެ. އޭގެން ޓެސްޓު ކުރެވެނީ1،000 ސާމްޕަލް އެވެ.

މިހާތަނަށް ރާއްޖެއިން ކޮރޮނާ ވައިރަސްއަށް ޓެސްޓު ކޮށްފައިވަނީ126 ސާމްޕަލް އެވެ. އެއީ އިންޑިއާއަށް ޓެސްޓު ކުރަން ފޮނުވި ސާމްޕަލް ތަކާއި އެކު އެވެ. ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރެވެނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް