އައިލެންޑް ސަފާރީގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ ފަތުރުވެރިއަކު ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ސަފާރީން ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ރިޕޯޓު ކުރީ ތިން މީހެއްގެ ކަމަށެވެ. އޭގެ ތެރެއިން ޕޮސިޓިވްވީ ދެމީހުން ކަމަށާއި އެއީ ދެމަފިރިން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެ ސަފާރީ މިވަގުތު އޮތީ މޮނިޓަރިންގައި އެވެ. އަދި ސަފާރީގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަމުން ދެ އެވެ.
މިވަގުތު އައިލެންޑް ސަފާރީ އޮތީ ފުވައްމުލަކު ސިޓީ ހިމެނޭ ސަރަހައްދުގައި އެވެ.
މި ދެ ޓޫރިސްޓުންގެ އިތުރުން މިއަދު ވަނީ އަނަންތަރާ ދިގުންވެސް ކޮރޯނާ ވައިރަހަށް ޓޫރިސްޓަކު ޕޮސިޓިވްވެފައި އެވެ. އެ ރިސޯޓުން އިއްޔެވެސް ވަނީ ޓޫރިސްޓަކު ބައްޔަށް ޕޮސިޓިވްވެފައި އެވެ.
މިހާރު ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައިވާ13 މީހުން އެބަތިއްބެވެ. އެންމެންނަކީވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ފިޔަވާ އެންމެންނަކީ ޓޫރިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް