ހުޅުލޭ އައިލެންޑް ހޮޓެލް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓު ސަޕޯޓު ސެންޓަރުތަކެއް ގާއިމުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސެންޓަރުތަކަކީ ފަތުރުވެރިންގެ އެރައިވަލް އަދި ޑިޕާޗާގައި ކުރިމަތިވެދާނެ ދަތިތައް ހައްލުކޮށްދީ، ބޭނުންވާނެ މައުލޫމާތު ސާފުކޮށްދިނުމަށް ގާއިމުކުރި ސެންޓަރުތަކެއް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ އެއްވެސް ޓޫރިސްޓަކަށް އެހީތެރިކަން ބޭނުންވާނަމަ މިނިސްޓްރީގެ މުވައްޒަފުންނާއި، އެމްއޭސީއެލް އަދި ޓޫރިސްޓު ޕޮލިހުންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތެއް ސާފު ކުރަން ބޭނުން ނަމަ މިނިސްޓްރީގެ ހޮޓްލައިން9423131 ގުޅުން އެދޭ ކަމަށެވެ.
https://twitter.com/ali20waheed/status/1238952551698927616
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ރާއްޖެއިން ވަނީ 11 މީހަކު ޕޮޒިޓިވް ވެފައެވެ.
އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނުކޮށް ފައި އެވެ. މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ޓޫރިސްޓު ގެސްޓު ހައުސްތަކަށް ފަތުރުވެރިން ގެނައުން ވަނީ ރެ އިން ފެށިގެން ދެ ހަފްތާއަށް މަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް