ލަންކާއިން ދިވެހިންނަށްވެސް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލައިފި

ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން އަވައްޓެރި ސްރީލަންކާއިން ދިވެހިންނަށްވެސް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި އެވެ. ލަންކާ އިމިގްރޭޝަނުން މިދިޔަ ހަފްތާގ...

15 Mar 2020 | 09:04

ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން އަވައްޓެރި ސްރީލަންކާއިން ދިވެހިންނަށްވެސް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި އެވެ.

ލަންކާ އިމިގްރޭޝަނުން މިދިޔަ ހަފްތާގައި އަމަލު ކުރަން ފެށި ގަވައިދެއްގެ ދަށުން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލިޔަސް ރާއްޖެ އެ ގައުމުތަކުގެ ތެރެއިން އިސްތިސްނާވެ އެވެ. ރާއްޖޭގެ އިތުރުން ސީޝެލްސް އާއި ސިންގަޕޫރުވެސް އެ ލިސްޓުގައި ހިމެނެ އެވެ.

އެކަމަކު އިއްޔެ އެ ޑީޕާޓްމަންޓުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރޭ މެންދަމު12:00 ން ފެށިގެން މި ތިން ގައުމު އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ލަންކާއަށް އެތެރެވުމަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ލަންކާގެ އިމިގްރޭޝަނުން ބުނީ މި ތިން ގައުމުގެ މީހުންގެ ތެރެއިން މުހިންމު ބޭނުންތަކުގައި ލަންކާ އަށް ދާންޖެހޭ މީހުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) އޮންލައިންކޮށް ހޯދޭނެ ކަމަށެވެ.

މިހާތަނަށް ލަންކާއިން ވައިރަސްއަށް11 މީހަކު ޕޮސިޓިވްވެފައިވާއިރު ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް