ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ ޖަލްސާާ ކެންސަލް ކުރަން ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ގިނަ މީހުން އެއްވެ ނޫޅުމަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާޑު ދީފައިވާތީ ކަމަށެވެ. މިގޮތަށް ނިންމީ މިނިސްޓްރީގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކުންނެވެ.
ހޯމް މިނިސްޓްރީން ބުނީ ރަސްމީ ޖަލްސާ ނުބެއްވި ނަމަވެސް ގިނަ މީހުން އެއްވެގެން ނޫން ގޮތް ގޮތަށް މި ދުވަސް ފާހަގަ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އޮންނާނެ ކަމަށެވެ. އެ ހަރަކާތްތަކުގެ ތަފްސީލެއް ނުދެ އެވެ.
https://twitter.com/HomeMinistrymv/status/1239059141982851072
ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހެވެ. އެއީ ކޮންމެ އަހަރެއްގެ ޝައްވާލް މަހުގެ އެއް ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް