ބ. ފެހެންދޫ އާއި ސަންގެލި ރިސޯޓް އާއި ބަނޑޮސް އައިލެންޑް ރިސޯޓް އަދި ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓް އިން ކޯވިޑް-19 އަށް ޓެސްޓް ކުރި މީހުން ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.
ރޭ އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ މި ރިސޯޓް ތަކުން ޓެސްޓް ކުރި މީހުން ނެގަޓިވް ވުމުން އެ ރަށްތައް މޮނީޓާކުރުން ހުއްޓާލައި ރަށްތައް ހުޅުވާލާފައިވާ ކަމަށެވެ.
https://twitter.com/HPA_MV/status/1238922882433953792
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 10 އަރާފައެވެ. ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް