ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާއްޖެއަށް އިތުރުވަމުންދާތީ ރާއްޖޭގައި ކޮންމެ އަތޮޅެއްގައި ކަރަންޓީން ފެސިލިޓީތަކެއް ގާއިމްކޮށްފި އެވެ.
ރާއްޖޭގައި ކޮންމެ އަތޮޅެއްގައި މިހާރު ކަރަންޓީން ފެސިލިޓީ އާއި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ޖުމްލަ641 ޖާގަ އެބަހުއްޓެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިތަންތަން ބޭނުން ކުރަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި ބޭނުން ކުރަން ފެށޭގޮތަށް ކަމަށެވެ.
އަތޮޅު ތެރޭގައި ކަރަންޓީން ފެސިލިޓީތައް ގާއިމް ކޮށްފައި ހުރި ގޮތް:
- ހއ: ކަރަންޓިން 29، އައިސޮލޭޝަން 19
- ހދ: ކަރަންޓީން 64، އައިސޮލޭޝަން 34
- ށ: ކަރަންޓީން 30، އައިސޮލޭޝަން 21
- ނ: ކަރަންޓިން 19، އައިސޮލޭޝަން 16
- ރ: ކަރަންޓިން 17، އައިސޮލޭޝަން 33
- ބ: ކަރަންޓިން 42، އައިސޮލޭޝަން 41
- ޅ: ކަރަންޓިން 12، އައިސޮލޭޝަން 5
- ކ: ކަރަންޓިން 8، އައިސޮލޭޝަން 8
- އއ: ކަރަންޓިން 10، އައިސޮލޭޝަން 9
- އދ: ކަރަންޓިން 23، އައިސޮލޭޝަން 12
- ވ: ކަރަންޓިން 4، އައިސޮލޭޝަން 9
- މ: ކަރަންޓިން 9، އައިސޮލޭޝަން 12
- ފ: ކަރަންޓިން 0، އައިސޮލޭޝަން 8
- ދ: ކަރަންޓިން 6، އައިސޮލޭޝަން 8
- ތ: ކަރަންޓިން 18، އައިސޮލޭޝަން 0
- ލ: ކަރަންޓިން 28، އައިސޮލޭޝަން 22
- ގއ: ކަރަންޓިން 16، އައިސޮލޭޝަން 8
- ގދ: ކަރަންޓިން 14، އައިސޮލޭޝަން 12
- ޏ: ކަރަންޓިން 4، އައިސޮލޭޝަން 2
- ސ: ކަރަންޓިން 5، އައިސޮލޭޝަން 4
އެކަމަކު މި ފެސިލިޓީތައް ގާއިމްކޮށްފައިވާ ރަށްތަކުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ވިލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގެ ޖާގަ އިތުރު ކުރުމުގެ ގޮތުން ދެވަނަ ފޭސްއެއްގެ ދަށުން އެ ރަށުގައި އިތުރު70 ކޮޓަރި ހެދުމަށް ނިންމާފައި އެވެ. މިހާރު ހުއްޓާލާފައިވާ އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި100 ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރިޔަށް އެބަދެ އެވެ.
އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގެ އިތުރުން ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ހުރީ50 މީހުންގެ ޖާގަ އެވެ. ވިލިވަރުގައި މިވަގުތު ހުރީ32 މީހުންގެ ޖާގަ އެވެ. އަދި ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގައި ހުރީ10 މީހުންގެ ޖާގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް