އިންފުލުއެ ންޒާ އަކީ ކޮބާ؟
އިންފުލުއެންޒާ އަކީ އިންފުލުއެންޒާ ވައިރަސް އަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔަކެވެ. މިބަލީގެ ސަބަބުން ގިނަ
މީހުންނަށް އާދައިގެ މިންވަރަކަށް އަރިދަފުސް ރޯގާ ޖެހޭ ނަމަވެސް މަދުބަޔަކަށް ބަލީގެ ހާލަތު ބޮޑުވުމުގެ ސަބަބުން ފުރާނަޔަށް
ނުރައްކާތެރިކުރެއެވެ. އަދި ކޮންމެ އަހަރަކުވެސް ވަކިދުވަސްވަރެއްގައި އިންފުލުއެންޒާ ޖެހޭ މިންވަރު އިތުރު ވެއެވެ.
އިންފުލުއެންޒާގެ ޢަލާމަތް ތަކަކީ ކޮބާ؟
ހުންއައުން
ކެއްސުން
ކަރުގައި ރިއްސުން
ނޭފަތުން ފެން އައުން / ނޭފަތް ބެދުން
ގައިގައި ރިހުން
ބޮލުގައިރިހުން
ވަރުދެރަވުން
އިންފުލުއެންޒާ ފެތުރެނީ ކިހިނެއް؟
އިންފުލުއެންޒާ ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާ އިރު ވައިގެތެރެއަށް ދާ އިންފުލުއެންޒާ ޖަރާސީމު އެކުލެވޭ ކުޅު
އެހެންމީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ. މީގެ އިތުރުން ޖަރާސީމު އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް
އަތްލުމަށްފަހު އަނގަޔާއި ނޭފަތުގައި އަތް ލުމުންވެސް މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ދެއެވެ.
4 .އިންފުލުއެންޒާ ޖެހުމަ ށްފަހު އަނެކާއަށް އެބަލިފެތުރޭނެ މުއްދަތަކީ ކޮބާ؟
އާންމުގޮތެއްގައި ބަލިޖެހުމަށްފަހު އޭގެ ޢަލާމާތް ފެންނަން ފެށުމުގެ 1 ދުވަސް ކުރިން ފެށިގެން ޢަލާމާތްތައް ފެންނަތާ ގާތްގަ ނޑަކަށް 5-7
ދުވަސް ވަންދެނެވެ. އެހެންނަމަވެސް ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފަރާތުން މިއަށްވުރެ ގިނަ ދުވަސްވަންދެންވެސް
ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
އިންފުލުއެންޒާ ޖެހިގެން ނުރައްކާތެރިވާ ޙާލަތްތަކަކީ ކޮބާ؟
އިންފުލުއެންޒާގެ ނުރައްކާ ތަކުގެ ތެރޭގައި:
ނިއުމޯނިއާ( ފުއްޕާމޭގެ އިންފެޝަން)
ކަންފަތުގެ އިންފެޝަން
ސައިނަސް އިންފެޝަން
ގައިން ފެންމަދުވުން
ފުއްޕާމޭގެ ބަލިތައް ފަދަ ސިއްޙީ ބޮޑެތި މައްސަލަތަކަށް ފަރުވާކުރަމުން އަންނަ ބަލިމީހުންގެ ބަލިހާލަތު ދަށް ވުން
އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާއަކީ އެކައްޗެއްތޯ ؟
އާދައިގެ ރޯގާ އާއި އިންފުލުއެންޒާގެ ޢަލާމާތްތައް އެއްގޮތްވި ނަމަވެސް މިއީ ތަފާތު 2 ވައިރަސް އަ ކުން ޖެހޭ ބަލިތަކެކެވެ. އެހެންނަމެވެސް
އާދައިގެ ރޯގާ އަށް ވުރެ އިންފުލުއެންޒާޖެހުމުން ކުރާ އަސަރު މާބޮޑެވެ.
މިހާރު ފެ ތުރެމުންދަނީ 2009 ވަނައަހަރުގައި ފެތުރުނު ސްވައިން ފުލޫތޯ؟ އަދި ހާލަތު ހަމައެހާ ނުރައްކާތެރިތޯ؟
2009 ވަނަ އަހަރުގެ އިންފުލުއެންޒާ ޕެންޑަމިކް ފެތުރުނީ އެޗް.ވަން.އެން.ވަން ސަބްޓައިޕްގެ ސަބަބުންނެވެ. އޭގެ ފަހުގައި މި ސަބްޓައިޕް
ފެތުރެމުން އަންނަނީ މޫސުމީ ރޯގާއެއްގެ ގޮތުގައެވެ. އެޗް.ވަން.އެން.ވަން ބަލި އެންމެ ފުރަތަމަ ދުނިޔޭގައި އިންސާނުންނަށް ފެތުރިފައިވަނީ
އޫރުގެ ޒަރީޢާއިންނެވެ . މިހެންވެ މިބައްޔަށް ސްވައިންފްލޫ އޭ ކިޔުނެވެ. އަދި މި ބަލި ފުރަތަމަ އަލަށް ފެތުރިގެން ދިޔައިރު އިންސާނުންގެ
ކިބައިގައި މިފަދަ ބައްޔަކަށް ދިފާއީ ބާރު ނެތީމަ މިބަލި ފެތުރިގެން ދިޔައީ ވަރަށް ހަލު ވި ކަމާ އެކުގައެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި މިބަލި ފެތުރޭގޮތަށް ބަދަލުއައިސް މިހާރު މިއުޅޭ އިންފުލުއެންޒާއަކީ ސްވައިން ފްލޫ ފަދަ ނުރައްކާތެރި ބައްޔެއް ނޫނެވެ.
އިންފުލުއެންޒާ އަކީ ނުރައްކާތެރި ބައްޔެއްތޯ؟
ޢާންމު ގޮތެއްގައި މިބައްޔަކީ ވަކި ޙާއްސަ ފަރުވާއެއް ނުކުރިޔަސް ހަފްތާއެއްގެ ތެރޭގައި ފަސޭހަވެދާ ބައްޔެކެވެ. އެހެންނަމަވެސް
ކުޑަކުދިންނާއި، މާބަ ނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ފުއްޕާމޭގެ ބަލިތައް ފަދަ ސިއްޙީ ބޮޑެތި މައްސަލަތައް ހުންނަ
މީހުންނަށް މި ރޯގާގެ ސަބަބުން ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ.
އިންފުލުއެންޒާއަށް ފަރުވާއެއް އޮވޭތަ؟
އިންފުލުއެންޒާއަށް ވަކި ޚާއްސަ ފަރުވާއެއް ނޯވެއެވެ. ނަމަވެސް ބަލީގައި ސީރިއަސްވާ މީހުންނަށް ޑޮކްޓަރުގެ ލަފާގެ މަތިން އެންޓި ވައިރަލް
ބޭސް ދެވިދާނެއެވެ.
އިންފުލުއެންޒާ ބަލިޖެހު މު ން ނުރައްކާވާނެ ފަރާތްތަކަކީ ކޮބާ؟
މާބަ ނޑު މީހުން
ކުޑަކުދިން (ޚާއްސަކޮށް 5 އަހަރުން ދަށުގެ ކުދިން)
އުމުރުން ދުވަސްވީ މީހުން (65 އަހަރުން މަތީ މީހުން)
ފުއްޕާމޭގެ ބަލިތައް ފަދަ ސިއްޙީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށާއި
އަދި ހަށިގަ ނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފާވާ މީހުން
އިންފު ލުއެންޒާއިން ރައްކާތެރި ވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
މީހުން ގިނައިން އެއްވެ އުޅޭތަންތަނަށް ދިއުން މަދުކުރުން
އިންފުލުއެންޒާ ވެކްސިން - ޢާންމުގޮތެއްގައި ވެކްސިން އުފައްދަނީ ކޮންމެ އަހަރަކު އެ ދުވަސްވަރެއްގައި ފެތުރޭ ވައިރަސް ގެ ވައްތަރަކަށް
ބިނާކޮށްފައެވެ.
އިންފު ލުއެންޒާ ޖެހިއްޖެ ނަމަ ނުވަތަ އެކަމަށް ޝައްކުކުރެވޭނަމަ ހަދަންވީ ގޮތަކީ ކޮބާ؟
އިންފުލުއެންޒާ ޖެހިއްޖެ ނަމަ ނުވަތަ އެކަމަށް ޝައްކުކުރެވޭނަމަ ގޭގައި މަޑުކޮށްލުން(އެންމެ މަދުވެގެން ހުން މަޑުވާތާ 24
ގަ ނޑިއިރު ވަންދެން)
އޮފީސް އަދި ސްކޫލަށް ނުދިޔުން
އިންފުލުއެންޒާ ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ގެއިން ނުކުންނައިރު މާސްކް ބޭނުންކުރުން.
ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އަރާމުކުރުން
ހުންއައިސް ގައިގަ ރިއްސާނަމަ ހަމައެކަނި ޕެރަސެޓަމޯލް ބޭނުންކުރުން (ޑޮކްޓަރެއްގެ ލަފާ ލިބެންދެން)
އާންމުން އެއްވެ އުޅޭ ތަނަތަނަށް ނުދިއުން
ބަލީގެ ޢަލާމާތްތައް ފެންނަތާ 3 ދުވަހަށްވުރެ ގިނަވެއްޖެނަމަ ލަސްނުކަރަށްވާ ސިއްޙީ ޚިދުމަށް ލިބިގަތުން
ގިނަގިނައިން ސައިބޯނި ލައިގެން ރަގަޅަށް އަތް ދޮވުން
ކެއްސާ ކިނބިހި އަޅާއިރު ރުމާލަކުން ނުވަތަ ޓިޝޫއަކުން ނޭފަތާއި އަނގަ ނިވާކުރުން.
އަނގަޔާ، ނޭފަތާ، އަދި ލޮލުގައި އަތްލުން މަދުކުރުން
ނޯޓް: މިއީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް