ޒަރީރުގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފުކޮށްފި

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސްއެޅިކަން ސާބިތުވާކަމަށް ކަނޑައަޅައި ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. ކްރިމިނަލް ...

15 Mar 2017 | 07:36

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސްއެޅިކަން ސާބިތުވާކަމަށް ކަނޑައަޅައި ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ވަނީ ޒަރީރު 3000 ރުފިޔާއިން ޖޫރިމަނާކޮށްފައި އެވެ. އެ ހުކުމުގައި ބުނެފައިވަނީ މާޗް 2015، ގަިއ ބޭއްވި މުޒާހަރާއެއްގައި ފުލުހުން ބެރިކޭޑް ޖަހާ ބަންދުކޮށްފައިވާ ސަރަހައްދަކަށް ޒަރީރު ވަތް ކަމަށެވެ.

ޒަރީރުގެ ގާނޫނީ ވަކީ އަބްދުﷲ ހަސީން ވިދާޅުވީ އެ މައްސަލަށް ހައިކޯޓުގައި އިސްތިއުނާފު ކުރީ އިއްޔެ ކަމަށެވެ. އަދި ކޯޓުން އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

ޒަރީރުގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިން ކަމަށްވާ އަހުމަދު ވިސާމް އާއި ލީވާން ނަސީރުގެ މައްޗަށް ވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅިކަން ސާބިތުވާކަމަށް ކަނޑައަޅާ 28،500 ރުފިޔާއިން ޖޫރިމަނާކޮށްފައި އެވެ. ވިސާމް ވަނީ ހަމަ އެފަދަ އެހެން މައްސަލައެއްގައި 3000 ރުފިޔާއިންވެސް ޖޫރިމަނާކޮށްފައި އެވެ.

މީގެ އިތުރުން އެ ސްޓޭޝަންގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ވަނީ އެފަދަ މައްސަލައެއްގައި ދައުވާ އުފުލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް