ސްވައިން ފްލޫ ފެތުރޭތީ ހިމަބިހި ނައްތާލުމުގެ ކެމްޕެއިން މެދުކަނޑާލައިފި

ހަލުވި ކަމާއި އެކު ސްވައިން ފްލޫ އާއި ހުމާއި ރޯގާ ފެތުރެމުންދާތީ މިހާރު ކުރިޔަށްދާ ހިމްބހި ނައްތާލުމުގެ ކެމްޕެއިން މެދުކަނޑާލައިފި އެވެ. ރޯގާ އާއި ހުމާ އިތުރުވެ ބައެއް މީހުންނަށް ސްވައިން ފްލޫ ނުވަތަ ...

15 Mar 2017 | 07:08

ހަލުވި ކަމާއި އެކު ސްވައިން ފްލޫ އާއި ހުމާއި ރޯގާ ފެތުރެމުންދާތީ މިހާރު ކުރިޔަށްދާ ހިމްބހި ނައްތާލުމުގެ ކެމްޕެއިން މެދުކަނޑާލައިފި އެވެ.

ރޯގާ އާއި ހުމާ އިތުރުވެ ބައެއް މީހުންނަށް ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ޖެހިފައިވާ ވާއިރު މިދިޔަ ހަތަރުވަރަކަށް ދުވަހުގެ ތެރޭގައި 1000 ށްވުރެ ގިނަ މީހުން އައިޖީއެމްއެޗުން ފަރުވާ ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިިވާ ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކަށް ވުމުން، މީހުން އެއްވެ އުޅުން މަދުކުރުމަށްޓަކައި އިއްޔެއިން ފެށިގެން އެމްއާރް ވެކްސިން ކެމްޕެއިން މެދުކަނޑާލާފައިވާ ކަމަށެވެ.

ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިވުމަށް ދޭ އެމްއާރް ވެކްސިން ކެމްޕެއިން އަލުން ފަށާނީ ރޯގާ ކޮންޓްރޯލްވާ މިންވަރަށް ބެލުމަށް ފަހު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހިމަބިހި ނައްތާލުމަށް ކުރިޔަށް ގެންދާ ކެމްޕެއިންގައި އެ ވެކްސިން ޖަހަންޖެހޭ 75،000 މީހުންގެ ތެރެއިން މިހާތަނަށް ޖެހުނީ 62 ޕަސެންޓު މީހުންނަށެވެ. އެ އޮތޯރިޓީގެ އަމާޒަކީ 95 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމެވެ.

ހިމަބިހި ނައްތާލުމުގެ މި ކެމްޕެއިނަކީ ސައުތް އޭޝިއާގައި ގައުމުތަކުގެ  ތެރެއިން ރާޢްޖެއަކި މި ބަލި ނައްތާލެވިފައިވާ ފުރަތަމަ ގައުމަށް ހެދުމަށް ކުރާ މަސައްކަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް