މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 09:00 އާއި މެންދުރު 12:00 އާއި ދެމެދުގެ ވަގުތުތަކުގައި ލ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.
ލ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާތް ނެރެފައިވާއިރު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރައިގެ އަސަރު ކުރުން އެކަށީގެންވާކަމުގައި މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް