އާމިރް ހާންގެ ދަރިފުޅު ޖުނައިދު ހާންގެ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
އުމުރުން 28 އަހަރުގެ ޖުނައި ބޮލީވުޑަށް ނުކުންނަނީ ޔަޝް ރާޖް އިން ހަދާ ފިލްމު "މަހާރާޖާ" އިންނެވެ. އެ ފިލްމާއި ގުޅޭ ތަފްސީލީ މައުލޫމާތު ހަމަ ކޮށްފައި ނުވިނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމުގައި ޖުނައިދު ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ.
"މަހާރާޖާ" އަކީ 1862 ގައި އިންޑިއާގައި ފެންމަތިވި ޖިންސީ މައްސަލަތަކެއްގެ ވާހަކަ ގެނެސްދިން ނޫސްވެރިންތަކަކާ ދެކޮޅަށް ކުރި ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުގައި ޖުނައިދު ކުޅޭނީ އޭރު ނޫސްވެރިއެއްގެ ރޯލު އަދާކުރި ކަރްސަންދާސް މުލްޖީގެ ރޯލު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ފިލްމުގައި ޖުނައިދާއި އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ޝާލިނީ ޕާންޑޭ އާއި ޝަރުވާރީ ވާގްގެ އިތުރުން ޖައިދީޕް އަހުލުވާތު ހިމެނެ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ސިދާތް ޕީ މަލްހޯތްރާ ހިމެނެ އެވެ.
"މަހާރާޖާ" އަކީ އޭނާ ކުޅޭ ފުރަތަމަ ފިލްމަށް ވިޔަސް ޖުނައިދު ވަނީ މީގެ ކުރިން ބޮލީވުޑްގައި ބައްޕަ އާއި އެކު މަސައްކަތް ކޮށްފައި އެވެ. އެގޮތުން އާމިރް ލީޑްރޯލް ކުޅުނު 2014 ވަނަ އަހަރު ރިލީޒް ކުރި "ޕީކޭ" އާއި 2009 އަހަރު ރިލީޒް ކުރި "3 އިޑިއަޓްސް" ގައި ޖުނައި ވަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް