މިއަދު ރާއްޖެއިން ކޮވިޑަށް 125 މީހަކު އިތުރަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި މިއަދު ކޮވިޑަށް 125 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 104 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެއިންނެވެ.
ރަށްރަށުން މިއަދު 14 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ހަ މީހަކު އަދި އިންޑަސްޓްރިއަލް ރަށްރަށުން އެކަކު ޕޮޒިޓިވް ވެފައިވެއެވެ.
މިއާއެކު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 17953 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2328ގައެވެ. އެޑްމިޓްކޮށްގެން ފަރުވާ ދެމުންއަންނަ މީހުންގެ އަދަދަކީ 190 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް