ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިރޭ ބޯކޮށް ވާރޭވެހި ގުގުރާނެ

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މެޓް އޮފީހުން ބުނީ މިރޭ އެ ދެ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ އިދާރާއިން ވަނީ ފުވަ...

15 Feb 2021 | 15:49

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މިރޭ އެ ދެ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ އިދާރާއިން ވަނީ ފުވައްމުލަކާއި އައްޑޫގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ މިރޭ 8:00 ން ދަންވަރު 1:00 އަށެވެ.

މެޓް އޮފީހުން ބުނީ އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް ނަމަވެސް މެދުރައްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ އެވެ.

އަދި ހުރިހާ ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާ ކުރެ އެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ބައެއް ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް