ދިޔާ މިރްޒާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވައިބަވް އާ މިއަދުގެ ވަގުތެއްގައި ކައިވެނީގެ ގޮށް ޖަހައިފިއެވެ.
މި ދެމަފިރިން އެންމެ ފުރަތަމަ ޑޭޓް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ދިޔާގެ ދެމަފިރިންގެ ކައިވެނީގެ ހަފުލާއަށް ދައުވަތު ދީފައިވަނި އެންމެ 50 މީހުންނަށް ކަމުގައިވެއެވެ. އޭގެތެރޭގައި ވަރަށް ގާތް ރައްޓެހިންގެ އިތުރުން ދެމަފިރިންގެވެސް އާއިލާ މީހުން ހިމެނެއެވެ.
އެގޮތުން ކައިވެނީގެ ހަފުލާގެ ފޮޓޯއިން ދިޔާ ފެނިގެންދަނީ ރަތް ކުލައިގެ ސާރިއެއްގައެވެ. އަދި ވައިބަވް ފެނިގެން ދަނީ ހުދު ކުލައިގެ ކުރުތާއެއްގައެވެ.
ދެމަފިރިންގެ އާއިލާއަދި ރައްޓެހިންގެ އިތުރުން ދިޔާގެ ފޭނުންވެސް މި ދެމަފިރިންނަށް ދަނީ ކައިވެނީގެ ތަހުނިޔާ ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް