ގއ. މާމެންދޫގައި ހިންގި މާރާމާރީގައި ނިޔާވި އަހްމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް، އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާމެންދޫގައި ނިޔާވި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މިއަދު ވަނީ އިންޑިއާއަށް ފޮނުވާފައިކަމަށެވެ.
"ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިމަހުގެ އަށްވަނަ ދުވަހުގެ ރޭ އުމުރުން 17 އަހަރުގެ އުދައްޔު ނިޔާވެފައިވަނީ ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް