ފިރިހެނަކު އަންހެނަކަށް ޝައުގުވެރިވާކަން އަންގައިދޭ ނިޝާންތައް މިހުރީ

ފިރިހެނުން އެމީހުންގެ ލޯބިވެރިޔާއަށް ޝައުގުވެރިވާކަން އަންގައިދޭ ނިޝާންތަކެއް ހުރެއެވެ. އެހެންކަމުން ތިބާގެ ބައިވެރިޔާ ތިބާއަށް ޝައުގުވެރި ވާކަން ޓެސްޓްކޮށްލުމަށް އެނާގެ ފަރާތުން ފެންނަ ކަންތައްތަކަށް...

15 Feb 2021 | 11:51

ފިރިހެނުން އެމީހުންގެ ލޯބިވެރިޔާއަށް ޝައުގުވެރިވާކަން އަންގައިދޭ ނިޝާންތަކެއް ހުރެއެވެ. އެހެންކަމުން ތިބާގެ ބައިވެރިޔާ ތިބާއަށް ޝައުގުވެރި ވާކަން ޓެސްޓްކޮށްލުމަށް އެނާގެ ފަރާތުން ފެންނަ ކަންތައްތަކަށް ފާރަވެރިވާނެ ޖެހެއެވެ.

އަންނެހުންނެކޭ އެއްގޮތަށް ފިރިހެނުން ވެސް ލަދުގަތުމުން ކަންކަން ކުރެވެއެވެ. އެގޮތުން ފިރިހެނަކު ތިބާއަށް ޝައުގުވެރި ވާ ނަމަ، ތިބާ ފެންނަ ހިސާބުގައި ހުންނަ އިރު ދޭތެރެއަކުން ބޮލާ ކުޅެލާނެއެވެ. ބޯ ރީތިކޮށްލާ، އޮމާން ކޮށްލާނެއެވެ. އެއީ އެއްގޮަތަށް ވެސް ބޯ ހަޑިވާތީ ކުރާކަމެއް ނޫނެވެ. އެއީ ތިބާއަށް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން، ދެކަން ބަޔާންކޮށްދޭން ދަތިވާ ހާލަތުގައި "އޮޓޯއިން" ހެދޭގޮތެކެވެ.

ފިރިހެނަކު އޭނާގެ ލޯބިވެރިޔާ ނުވަތަ އޭނާ ހިތްކިޔާ ކުއްޖެއް ކައިރީގައި ހުންނައިރު ވަރަށް ފަސޭހައިން ޖީބަށް އަތް ޖަހާނެއެވެ. ސަބަބަކީ އެހެން ހުންނައިރު އޭނާގެ ޝަޚުސިއްޔަތު ވަރުގަދަ ކަމަށް ފިރިހެނުން ގަބޫލު ކުރާތީއެވެ. އޭގެ ސަބަބުން އެމީހުންނަށް ކަންކަމާ ކުރިމަތި ލުމަށް އިތުރު ހިތްވަރެއް ލިބެއެވެ. އަދި އެގޮތަށް ހުންނައިރު ފިރިހެނުންގެ ރީތިކަން އިތުރުވާ ކަމަށް އެމީހުން ގަބޫލު ކުރާތީއެވެ.

ބައެއް ފިރިހެން ޖަނަވާރުން، އެސޮރުމެންގެ އަންހެން ވައްތަރަށް ފޮނި ދެއްކުމުގެ ގޮތުން ފިޔަގަނޑު ފަތުރާލައި، ވީހާވެސް ބޮޑު ޖާގަ ފުރާލައެވެ. ހަމަ އެފަދައިން ފިރިހެނުންވެސް އެމީހުން ގަޔާވާ އަންހެނުން ފެންނަ ހިސާބުގައި ވީހާވެސް ބޮޑު ޖާގައެއް 'ހިޞާރު' ކުރެއެވެ. ބޭނުމަކީ އޭނާގެ ހައިބަތު ބޮޑުކަން ދެއްކުމެވެ. ނުސީދާ ގޮތެއްގައި އޭނާގެ ފޮނިކަން ދައްކާލާށެވެ.

ފިރިހެނުންވެސް އަންހެނުންނެކޭ އެއްގޮތަށް މޫނުމަތިން ލަދުވެތިކަން ފެންނާނެއެވެ. 'ބްލަޝް' ވޭތޯ ބަލާށެވެ. މޫނުމަތީގެ ޝުޢޫރުތައް ބެލުމުން، އޭނާ ތިބާއަށް ޝައުގުވެރިވާ ކަން ޔަގިންވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް